ވިޔަފާރި
އައިކެއާއިން ދޭ ރޯދަ އުމްރާ ދަތުރުގެ ނަސީބުވެރިޔާ އިއުލާނުކޮށްފި
އައިކެއާގެ އުމްރާ ދަތުރު ލިބުނު ނަސީބުވެރިޔާއާ އިނާމު ހަވާލުކުރަނީ
އައިކެއާގެ "ވިން އަ ރަމަޟާން އުމްރާ ޓްރިޕް ވިތު އައިކެއާ" ލަކީޑްރޯގެ ނަސީބުވެރިއަކަށް މުހައްމަދު ސައުފާން ހޮވިއްޖެ އެވެ.

އެ ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ މުހައްމަދު ސައުފާނެވެ. އޭނާއަށް ލިބުނީ ރޯދަ މަހުގެ ދެ މީހެއްގެ އުމްރާ ދަތުރެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން މިދިޔަ މަހުގެ ނިޔަަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ލިބުނު ކަމަށް އައިކެއާއިން ބުންޏެވެ. 

އައިކެއާ އޮޕްޓިކަލްސްއިން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގައި އެތަނުން ވިއްކާ ބައެއް ބްރޭންޑުތަކުން 30 ޕަސެންޓުގެ ޑިސްކައުންޓް ވެސް ވަނީ ދީފަ އެވެ. އަދި 3،000ރ. އިން މަތީގެ އައިނު ހައްދާ ކަސްޓަމަރުންނަށް 500ރ. ގެ ގިފްޓް ވައުޗަރެއް ވެސް ވަނީ ދީފަ އެވެ. 

އައިކެއާގެ ހިދުމަތް 2003 ފެށީ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށް ދިނުމުގެ މަގުސަދުގަ އެވެ. ފާއިތުވި 22 އަހަރު ތެރޭގައި އެ ހިދުމަތް ފުޅާކޮށް، އެންމެ ފަހުން އައިކެއާ ހޮސްޕިޓަލު އުފައްދައި، ޒަމާނީ ވަސީލަތްތަކާއެކު އެތަނުން ލޮލުގެ ގިނަ ފަރުވާތަކެއް ދެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު