ވިޔަފާރި
އައިކެއާއިން މަމްސް އެއިޑާ ގުޅިގެން އާއިލާތަކަށް ކެއާ ބާސްކެޓް ހަދިޔާކޮށްފި
މަމްސް އެއިޑް ޖަމިއްޔާއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ރަމަޟާން އެއިޑް" ކެމްޕޭނުގައި، އައިކެއާ އިން މިއަހަރުވެސް ބައިވެރިވެ، ބޭނުންޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފިއެވެ.

އައިކެއާގެ މާކެޓިން މެނޭޖަރު ނާއިފާ ޖިހާދު ވިދާޅުވީ ރަމަޟާން މަހަކީ އެކަކު އަނެކަކަށް އަޅާލުމާއި ދީލަތިކަމާއި އޯގާތެރިކަން އިސްކުރާ މަހެއް ކަމަށާއި އަދި މަމްސް އެއިޑުން ކުރިއަށް ގެންދާ 'ރަމަޟާން އެއިޑް' ކެމްޕޭނުގައި ބައިވެރިވެ، އާއިލާތަކަށް އެހީއެއް ދިނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ  އުންމީދަކީ އާއިލާތަކުގެ ދިރިއުޅުމުގެ ބުރަ ކުޑަކޮށްދީ، އިޖުތިމާއީ ބަދަހިކަން އިތުރުކުރުމަށްޓަކައި އެހީ އެންމެ ހައްގުވާ ފަރާތްތަކަށް އެހީތެރިކަމެއް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ރަމަޟާން އެއިޑް ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ހަގީގީ ލުޔެއް ހޯދައިދިނުމެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން، ރާއްޖޭގެ އެކި ސަރަހައްދުތަކުން އެހީއަށް އެންމެ ބޭނުންޖެހިފައިވާ 300 އާއިލާއަކަށް އެހީ ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި އެހީ ލިބޭ އާއިލާތަކަކީ، އެހީ އެންމެ ހައްގުވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ހަރުދަނާ އުސޫލުތަކެއްގެ ދަށުން ވެރިފިކޭޝަން މަރުހަލާއެއް ފުރިހަމަކޮށް ކަނޑައަޅާފައިވާ އާއިލާތަކެކެވެ. މުޖުތަމަޢުގެ ދުޅަހެޔޮކަމަށާއި އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި އަބަދުވެސް އައިކެއާ އިން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު