ޚަބަރު
ޑިމޮކްރެޓްސްއިން މިނިވަން ބަހުސެއް ބާއްވަނީ
އެކި މައްސަލަތަކުގައި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ "މިނިވަން ބަހުސް" އަކަށް ޑިމޮކްރެޓްސް އިން ތައްޔާރުވެއްޖެ އެވެ.

މިނިވަން ބަހުސް ބާއްވާ ތަނެއް އަދި އެ ޕާޓީން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އެ ބަހުސްގައި ވާހަކަދައްކައި ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.

މިނިވަން ބަހުސްގެ ފުރަތަމަ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހެވެ. މައުލޫއަކީ "ޑިމޮކްރަސީ ޔޫ-ޓާން ނެގީ ކޮން އިރަކު؟" މައުލޫއަށެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ސައިފު ފާތިހު ވިދާޅުވީ އެ ބަހުސް ބާއްވާނެ ތަނެއް އަދި ފައިނަލް ނުވާ ކަމަށެވެ. އެކަމަކު، ކޮންމެ މީހަކަށް ވެސް ބައިވެރިވެ، ބަހުސްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕާޓީން "މިނިވަން ބަހުސް" ބާއްވަން ނިންމި އިރު، 2023 ގައި އުއްފެދި ޕާޓީގައި ކުރިން އިސްކޮށް ތިއްބެވި ބޭފުޅުންތަކެއް ޕާޓީ ދޫކޮށްލައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ލީޑަޝިޕްގައި މިހާރު ތިއްބެވީ އާ ބޭފުޅުންތަކެކެވެ. ޑިމޮކްރެޓިކްސްގެ މިހާރުގެ ރައީސަކީ ކުރީގެ މަޖިލިސް މެންބަރު އިމްތިއާޒް ފަހުމީ އެވެ.

މިނިވަން ބަހުސްގެ ފެށުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިއުލާނު ކުރި އިސްލާހީ އެޖެންޑާގައި ހިމެނޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެނޫން ވެސް އެހެންކަމަށް ފަހު ފެށުނު ހަރަކާތެކެވެ.

އެ މިނިވަންކަމާއެކު ސްކޫލުތަކާއި އާންމު އެހެނިހެން ހޯލްތަކުގައި ބާއްވަން ފެށި ސިޔާސީ ފޯރަމްތަކުގެ ތެރެއިން އެންމެ މަޝްހޫރުވެގެން ދިޔައީ "މިނިވަން ބަހުސް"ގެ ސިލްސިލާ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު