ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިނގިރޭސި އާ ސަފީރުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ހަސަން ހަލީމް
04 ފެބުރުއަރީ 2025 - 13:58
0
comments
Tweet
Telegram
އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.
ރައީސްގެ އޮފީހުގަގައި އޮތް މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސްގެ އޮފީހާހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
އިނގިރޭސިވިލާތުގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސް ވަނީ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.
މި ރަސްމިއްޔާތަށްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ އައު ސަފީރު ވަނީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ޚާއްޞަގޮތެއްގައި މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ދެބޭފުޅުންގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އެކަމުގެ ސަބަބުން ދިމާވާ ޙާލަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
19 މިނެޓް ކުރިން
0
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
4 މަސް ކުރިން
0
އިރުތިޝާމްގެ ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނު ޗާލްސްއަށް އަރުވައިފި
5 މަސް ކުރިން
0
މޮރިޝަސްއަށް ޗާގޯސް ދޭތީ ރައީސްގެ ސިޓީއެއް އިނގިރޭސީންނަށް
5 މަސް ކުރިން
0
ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސްއަށް ދައުވަތު ދެއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
19 މިނެޓް ކުރިން
0
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
6 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
7 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
9 ގަޑިއިރު ކުރިން
0