ޚަބަރު
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓަކުން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު، އެ މީހާ ވެއްޓިފައި އޮއްވައި ފެނުނީ މިއަދު ވަރަށް ލަސްވި ފަހުން ހަވީރު ކަމަށް އެނގިފައި ވެ އެވެ.

އުމުރުން 31 އަހަރުގެ ދިވެހި ފިރިހެންމީހާ ވެއްޓުނީ ސްޓެލްކޯ ފްލެޓު އިމާރާތުގެ ނުވަ ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީންނެވެ.

ފުލުހުން ބުނީ ސްޓެލްކޯ ޓަވަރު ސީގެ ބިއްދޮށް ފަޅީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު