ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހުޅުމާލެ 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް އާންމުން ނުވަންނަން އެޗްޑީސީން އަންގައިފި
އިސްމާއިލް ރިޒާ
11 ފެބުރުއަރީ 2025 - 10:55
0
comments
Tweet
Telegram
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދަށް ނުވަންނަން އަންގައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ 2 ގެ އިރުމަތީ ފަރާތު މޫދާ ކައިރިން ފެންސު ޖަހާފައިވާ ސަރަހައްދަކީ މި ވަގުތު ޗެނަލް 2 ޕްރޮޖެކްޓުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ސަރަހައްދެއް ކަމަށެވެ. އެއީ މި ވަގުތު މަސައްކަތް ހިނގަމުންދާ ސައިޓެއް ކަމަށް ވާތީ، ގިނަ އަދަދެއްގެ ހެވީ ވެހިކަލް އެ ސަރަހައްދުގައި ބޭނުންކުރާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެހެންވެ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް، އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
"އެހެންކަމުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގާ އިއުލާން ކުރަމެވެ،" އިއުލާންގައިވެ އެވެ.
އެޗްޑީސީ އިން ބުނީ އެ ސަރަހައްދުގެ ޗެނަލް ކޮނުމުގެ މަސައްކަތާއި އަސޭރިއާ ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުގެ އިތުރުން އެހެން ބޭނުންތަކަށް އެ ސަރަހައްދަށް ވަންނަން ޖެހޭނަމަ އެ ކުންފުނީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު، ހުއްދައިގައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.
އެޗްޑީސީގެ ހުއްދަ ލިބިގެން އެ ސަރަހައްދަށް ވަންނަ މީހުން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
މި އަހަރު ވެސް ރޯދައަށް އެޗްޑީސީން ހުޅުމާލެ ސާފުކުރަން ފަށައިފި
3 ދުވަސް ކުރިން
0
އެޗްޑީސީގެ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސަނަދު ދީފި
8 ދުވަސް ކުރިން
0
އެޗްޑީސީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފާއިދާއި ޔާމީން ވަކިކޮށްފި
8 ދުވަސް ކުރިން
0
ރައުންޑްއެބައުޓްތަކުގައި ބަގީޗާހައްދަން އެޗްޑީސީ އިން ނިންމައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަސްދަޅު ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި
8 ގަޑިއިރު ކުރިން
0
ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި
8 ގަޑިއިރު ކުރިން
0
މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ
8 ގަޑިއިރު ކުރިން
0
އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
14 ގަޑިއިރު ކުރިން
0