ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެޗްޑީސީގެ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސަނަދު ދީފި
އަހުމަދު ނިހާން
19 ފެބުރުއަރީ 2025 - 21:40
0
comments
Tweet
Telegram
އެޗްޑީސީގެ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024" ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
އެ ޕްރޮގްރާމް ނިންމުމަށް ހުޅުމާލެ ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.
އެޗްޑީސީން ބުނީ، އެއީ އެ ކޯޕަރޭޝަނުން މިހާތަނަށް ކުރިއަށްގެންދިޔަ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ. އަދި މި އަހަރުގެ ޕްރޮގްރާމް ނިންމައި ޖުމްލަ 49 ބައިވެރިން ސަނަދު ހާސިލްކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ (އެންއޭޕީ)ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ކޮންމެ ބައިވެރިއަކަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއްކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެ އެވެ.
އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީ އާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. އެގޮތުން ތަމްރީނު ދޭ އިންސްޓިޓިއުޓްގެ ގޮތުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ހަމަޖެއްސީ ޔޫތު މިނިސްޓްރީންނެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ ވަޒީފާގެ މާހައުލަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ކުރިއަށް ދާން ބޭނުންވާ ދާއިރާ އިހްތިޔާރު ކުރުމުގައި އެހީތެރިވުމާއި އެ ދާއިރާތަކުން މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއެކު ގައުމީ ލެވެލްގެ ސެޓްފިކެޓެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިވަގުތު ބިދޭސީން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމާއެކު، ގައުމުގެ ތަރައްގީއަށް ބޭނުންވާ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުންދާކަމަށެވެ. އަދި ގިނަ ދާއިރާތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އަބަދުވެސް މަސައްކަތްކުރާނެކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
މި އަހަރު ވެސް ރޯދައަށް އެޗްޑީސީން ހުޅުމާލެ ސާފުކުރަން ފަށައިފި
7 ދުވަސް ކުރިން
0
އެޗްޑީސީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފާއިދާއި ޔާމީން ވަކިކޮށްފި
8 ދުވަސް ކުރިން
0
ރައުންޑްއެބައުޓްތަކުގައި ބަގީޗާހައްދަން އެޗްޑީސީ އިން ނިންމައިފި
11 ދުވަސް ކުރިން
0
ހުޅުމާލެ 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް އާންމުން ނުވަންނަން އެޗްޑީސީން އަންގައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަސްދަޅު ދޫކުރަން އޮންލައިންކޮށް ނަންބަރު ނެގޭ ޕޯޓަލްއެއް ތައާރަފްކޮށްފި
2 ގަޑިއިރު ކުރިން
0
ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި
2 ގަޑިއިރު ކުރިން
0
މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ
2 ގަޑިއިރު ކުރިން
0
އޮންލައިން ޓޯކަން އަށް މަސްދަޅު ކޭސް ނެގޭގޮތް ހަދަނީ
8 ގަޑިއިރު ކުރިން
0