ޚަބަރު
ސައުދީއާ ވިޔަފާރި ގުޅުން ބަދަހިކުރާ އެމްއޯޔޫއަށް ރުހުން ލިބިއްޖެ
ދިވެހިރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމުގެ އެމްއޯޔޫއެއް ފާސްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެމްއޯޔޫއަށް ސައުދީގެ ވަޒީރުންގެ މަޖިލީހުން ރުހުން ލިބުމާއެކު ރާޢްޖެ އާއި ސައުދީ އާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިވެ ދެ ގައުމަށް ވެސް ފައިދާތަކެއް ވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ އެ އެމްއޯޔޫގެ ދަށުން އިންވެސްޓުމަންޓުގެ ފުރުސަތުތައް ފަހިވެ، މާލީ ގުޅުންތައް ކުރިއަރައިދިޔުމުގެ އިތުރުން ފަތުރުވެރިކަމަށާއި އިމާރާތް ކުރުމުގެ ދާޢިރާއަށް އެ ގައުމުން އިންވެސްޓުމެންޓުތައް ލިބޭނެ ކަމަށެވެ.

"މިއީ، ދެ ފަރާތުގެ ފައިދާއަށް ވިޔަފާރީގެ އެއްބާރުލުން އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ތަސައްވަރު ހާސިލުކުރުމަށް ލިބޭ ބާރެއް،" މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން އޭރު ބުނެފައިވާ ގޮތުގައި، މި އެމްއޯޔޫގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުުރެވޭނެ އެވެ. އަދި ބޯޑަރު ހުރަސްކޮށް ކުރާ ފޮރިން އިންވެސްޓްމަންތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވާނެ ކަމަަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ސައުދީގެ މިނިސްޓާ އޮފް ކޮމާސް ޑރ. މާޖިދު ބިން ޢަބްދުﷲ އަލް ޤަސާބީއާއެކު ވެސް މީގެ ކުރިން މަޝްވަރާ ކުރައްވާފައިވެއެވެ.

މި މަޝްވަރާ ކުރެވުނީ މިނިސްޓަރު ޚަލީލް ސައުދީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު