ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދުނިޔެ
ސީރިއާގެ އިންތިގާލީ ރައީސް، އަހުމަދު ޝައްރާއު ސައޫދީގެ ވަލީއަހުދު އަރިހުގައި
ހަސަން ހަލީމް
03 ފެބުރުއަރީ 2025 - 20:29
0
comments
Tweet
Telegram
ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނު، އެގައުމަށް ވަޑައިގެން އުޅުއްވާ ސޫރިޔާގެ އިންގިތާލީ ރައީސް އަހުމަދުއްޝަރުއު (އަބޫ މުހައްމަދުލް ޖޫލާނީ) އާ ބައްދަލުކުރައްވައިފިއެވެ.
މިއީ ސައޫދީގެ މަސްއޫލުވެރިން އަދި ވަކިން ޚާއްސަކޮށް ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ މަޝްވަރާކުރެއްވުމަށް ޝައްރާއު ކުރެއްވި ދަތުރެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
ޝައްރާއުގެ މި ދަތުރާ ބެހޭ ތަފުސީލު، ސައޫދީ މީޑިއާތަކުން އަދި ސީރިއާގެ މީޑިއާތަކުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ޝައްރާއުގެ މިދަތުރާ ބެހޭ ގޮތުން ބޮޑަށް ބެލެވިފައި ވަނީ މިއީ ސީރިއާ އާބާދުކުރުމާ ބެހޭ ގޮތުން އަދި ސަރަހައްދުގެ ސަލާމަތާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރެއްވި ދަތުރެއް ކަމަށެވެ.
ކުރިން އަބޫ މުހައްމަދުލް ޖޫލާނީގެ ނަމުގައި ނުރައްކާތެރި ޓެރަރިސްޓެއްގެ ގޮތުގައި ހުންނެވި ޝަރުއު އަށް އޭނާގެ އަސްލު ނަމުން ނަން ކިޔަންފެށީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު އޭނާ ސޫރިޔާގެ ވެރިކަން އަތުލެއްވި ހިސާބުންނެވެ. އެއާއެކު ޝަރުއުވަނީ ކުރީގެ ސަލަފީ ތަކްފީރީ ޓެރަރިސްޓުންގެ ޖުއްބާއާއި ފަގުޑި ދޫކޮށްލެއްވުމަށްފަހު ސޫރިޔާގެ އިންތިގާލީ މަރުހަލާގެ ރައީސްކަމުގެ ހުވާ ކުރައްވައިފައެވެ. މިއާއެކު އޭނާގެ ވިސްނުމާއި ފިކުރަށްވެސްވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފަ އެވެ.
ސައޫދީއަށް ފުރާވަޑައިގަތުމުގެ ކުރިން ޝަރުއުވަނީ ވަނީ 13 އަރުގެ ދާޚިލީ ހަނގުރާމައަށްފަހު ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ސީރިއާގެ ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ޝައްރާރު ވަނީ ގައުމު ބިނާކުރެއްވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސީރިއާ ބިނާކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުެރެވޭނީ ސައޫދީއަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސީރިއާ އަލުން ބިނާކުރުމަށް އަރަބި އެކުވެރިން -- ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު އަދި މިސްރު ފަދަ ގައުމުތަކުން އެހީތެރިން ފޯރުކޮށްދޭނެ ކަމަށް އޮތީ ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
3 މަސް ކުރިން
0
ރައީސްގެ ދެކަނބަލުން އުމްރާ އަށް ފުރާވަޑައިގެންފި
3 މަސް ކުރިން
0
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު
4 މަސް ކުރިން
0
އަލަށް ހުޅުވި މިސްކިތްތަކަށް ސައުދީން ހަދިޔާކުރި މުސްހަފްތައް ދީފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލް ޝައުގުވެރިކަން ފާޅުކޮށްފި
6 ގަޑިއިރު ކުރިން
0
ފަނޑިޔާރުންގެ ތެރޭގައި ކޮރަޕްޓް ފަނޑިޔާރުން ގިނަ: ޔާމީން
6 ގަޑިއިރު ކުރިން
0
ދިރާގު ވިން 2 ސްޕީޑްބޯޓްސް ޕްރޮމޯޝަންގެ ފަހު ނަސީބުވެރިޔާ ހޮވައިފި
8 ގަޑިއިރު ކުރިން
0
ޑޮލަރެއް ނެތް ނަމުގައި ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
16 ގަޑިއިރު ކުރިން
0