
އިސްލާމީ ވުޒާރާއިން ވިދާޅުވީ، މުސްޙަފް ފޯރުކޮށްދެވިފައިވާ މިސްކިތްތަކަކީ މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)، މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ)، މަސްޖިދުއްތަޢުބާ (ނ. މަނަދޫ)މ މަސްޖިދު ރައްޔާން (ސ. މަރަދޫ)، މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)، މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި)، ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)، މަސްޖިދު ޒުވައިދާ އަޙްމަދު (ހއ. އިހަވަންދޫ)، މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)، މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)، މަސްޖިދު މުޙައްމަދު ޤާސިމް (ނ. ކުޑަފަރި)، މަސްޖިިދު ޝަމީމާ ޢަބްދުﷲ (ނ. ކެނދިކުޅުދޫ)، މަސްޖިދުލް ސަލާމް (ލ. ގަން) އަދި މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ) މިސްކިތަށް ކަމަށެވެ.މިދިޔަ އަހަރު ސައުދީ އަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފަ އެވެ.