ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޕީއެންސީގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ާއަހުމަދު ނިހާން
13 ފެބުރުއަރީ 2025 - 21:09
0
comments
Tweet
Telegram
އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގެ ތެރެއިން ސަރުކާރު ހިންގާ ޕީއެންސީގެ ދަފުތަރާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
ޕީއެންސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ދަފުތަރާމެދު އާންމުންގެ ޝަކުވާތައް ހުރިކަން ފާހަގަވުމާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 13 ގައި ހުޅުވާލި ކަމަށެވެ. އެގޮތުން ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ޕީއެންސީން ބުނެ އެވެ.
ޕީއެންސީން ބުނީ ދަފުތަރުގެ ސައްހަކަން ކަށަވަރުކުރުމާއި، ދަފުތަރު ބެލެހެއްޓުން، އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.
އެގޮތުން އީސީން އާންމުކުރި ދަފުތަރާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ޕީއެންސީގެ މައި އިދާރާ، ނުވަތަ ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް އަންނަ އޭޕްރީލް މަހުގެ 13ވަނަ ދުވަހުގެ 15:00ގެ ނިޔަލަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
"ޝަކުވާތަކާ މެދު ބަލަންޖެހޭ އެންމެހާ ކަންކަން މި ޕާޓީން ބަލައި އަޅަންޖެހޭ ފިޔަވަޅެއް އޮތް ނަމަ އަޅަމުންދާނެ ކަމުގައި ދަންނަވަމެވެ،" ޕީއެންސީން ނެރުނު ބަޔާނުގައިވެ އެވެ.
މި ދޭތެރެއިން ވަގަށް ޕީއެންސީއަށް ބައެއް މީހުން ވެއްދި މައްސަލަތައް ފެންމަތިވެ، ބައެއް މައްސަލަތައް ފުލުހަށް ވެސް ހުށަހެޅިއެވެ. އެ މައްސަލަ ފެންމަތިވެފައިވަނިކޮށް، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ތެރޭގައި ޕީއެންސީގެ ފޯމުކުރަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވެސް ދައުރުވި އެވެ.
އެ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ އިތުރުން، އެހެން އިދިކޮޅު ޕާޓީތަކުންވަނީ ޑީއެންއާރާ ހަވާލުވެ ވަޑައިގެން ހުންނެވި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައިފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ދުވަސް ކުރިން
0
ޕީއެންސީއަށް 13 މިލިއަން ރުފިޔާ ދޭން އިލެކްޝަނުން ނިންމައިފި
2 މަސް ކުރިން
0
ޝަރުއީ ނިޒާމަށް ރައީސް ނުފޫޒެއް ނުފޯރުވާނެ: ޕީއެންސީ
3 މަސް ކުރިން
0
ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑްކުރި ނިހާދު ފިނޭންސް މިނިސްޓްރީއަށް
3 މަސް ކުރިން
0
ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
7 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
7 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
10 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
14 ގަޑިއިރު ކުރިން
0