ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
28 މިލިއަން ރުފިޔާ ހަރަދުކޮށް، މިފަހަރުގެ އީދަށް 36 ރަށެއް ދިއްލަނީ
އައިމިނަތު ޝިޔާޒާ
20 ފެބުރުއަރީ 2025 - 18:57
0
comments
ފިތުރު އީދަށް ހުޅުމާލެ ސެންޓްރަލް ޕާކް ކައިރި ދިއްލާފައި.-- ފޮޓޯ: މިހާރު
Tweet
Telegram
މިފަހަރުގެ އީދަށް ވެސް ރަށްތައް ދިއްލާލުމަށް ނިންމައި އެކަމަށް ބޭނުންވާ ތަކެތި 36 ރަށަކަށް ފޮނުވަން ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ. އެކަމަށް 28 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ބުންޏެވެ.
އީދުގެ އުފާ ފާޅުކުރަން، މިދިޔަ އަހަރު ވެސް ވަނީ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާލައިފަ އެވެ. އެކަން ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރެވެ. އެ ފަހަރު ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ވެސް ބޮކިތަކުން ޒީނަތްތެރިކޮށްފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި އާދަމް ޝަރީފު ވިދާޅުވީ މިއަހަރުގެ އީދަށް ވެސް ރަށްރަށް ދިއްލާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިފަހަރު ލައިޓު ގެންނަނީ އިތުރު 36 ރަށަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަށް ކިހާ ހަރަދެއް ހިނގާތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާދަމް ޝަރީފް ވަނީ 28 މިލިއަން ރުފިޔާ، އެކަމަށް ހޭދަވިޔަސް އެކަމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
"ލައިޓުތަކަކީ ވެސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވޭނެ އެއްޗެހި. މާލެއަކަށް ނުގެންނަން. ކުރިން ގެނައި ރަށްރަށަށް ނުގެންނަން. އެހެންވީމަ މިއަހަރު 36 ރަށަށް ހޭދަވާނެ ކަމަށް އެންމެ ގިނަވެގެން ވެސް ހޭދަވާނެ ކަމަށް ބެލެވެނީ 28 މިލިއަން،"
މިހާރު ލިބިފައިވާ އީދު ލައިޓްތަކަކީ އީދު ދުވަހުގެ އިތުރުން އެހެން މުނާސަބަތުތަކަށް ވެސް އޭގެ ބައިތައް ބޭނުން ކުރެވޭ ފަދަ ލައިޓްތަކެއްކަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.
ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ރޫހު އާލާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު ފިތުރު އީދަށް ސިޓީތަކާއި ވެރި ރަށްތައް ދިއްލާލުމަށް ދައުލަތުގެ ބަޖެޓުން 42.19 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.
ރަށްރަށް ގެންދާ ލައިޓްތަކަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ހަރަދު ކުރި ނަމަވެސް، އެ ތަކެތި ބަހައްޓައި ބަލަހައްޓަނީ ރަށްރަށާއި ސީޓީ ކައުންސިލްތަކުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސް މުއިއްޒުގެ ޝުކުރު
3 މަސް ކުރިން
0
މިއަދާއި މާދަމާ ވެސް މާލޭގައި އީދު ހަވީރު އޮންނާނެ
3 މަސް ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
3 މަސް ކުރިން
0
މިއަދު ހަވީރަކީ ހިނގާފައި އުޅޭ ވަގުތެއް، ވެހިކަލް ދުއްވުން މަނާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގުރައިދޫ މަރުކަޒަށް ވަންނަން ހުއްދަ ނުދިން މައްސަލަ ބަލައިގަނެ، ދިރާސާކުރަނީ
15 މިނެޓް ކުރިން
0
ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރު ބަލައިގަނެފި
23 މިނެޓް ކުރިން
0
އެމްޑީޕީއަށް ފަސް ފަނި ފޮނުވައިފިން: ފަލާހު
28 މިނެޓް ކުރިން
0
އެމްޓީސީސީގެ ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި
53 މިނެޓް ކުރިން
0