ޚަބަރު
ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ރޯދަ މަހަށްފަހު ސްޓެލްކޯއިން ފަށަނީ
ރޯދަ މަސް ނިމުމާ އެކު ސްމާޓް މީޓަރު ގޭބިސީތަކުގައި ހަރުކުރަން ފަށާނެ ކަމަށް ސްޓެލްކޯ ބުނެފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސްޓެލްކޯއިން ވަނީ މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށްގެންގޮސްފަ އެވެ. 

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ފުރަތަމަ ސްމާޓް މީޓަރުތައް ހަރުކުރަން ނިންމާފައި ވަނީ ހުޅުމާލޭގަ އެވެ.

ސްމާޓް މީޓަރުގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ 15 މިނެޓަކުން އެއްފަހަރު ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

"ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅެއްގެ ކޮންސަމްޝަން ދުވާލުގެ 15 މިނެޓަކުން 15 މިނެޓަކުން އަޕްޑޭޓް ވެގެންއަންނާނެ. ކޮންމެ ގަޑިއިރަކު 4 ޑޭޓާ ޕޮއިންޓް ލިބޭނެ ކިހާވަރަކަށްތޯ ޔޫސޭޖް މި އަންނަނީ. އެއީ މިހާރު ކުންފުނިން ހިންގަމުން އަންނަ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. އަމާޒަކީ ހުރިހައި ކަސްޓަމަރުންގެވެސް މީޓަރުތައް ސްމާރޓް މީޓަރުތަކަށް ބަދަލުކުރުން. މާލެއާއި ރަށްރަށުގައިވެސް ހުރިހައި ދިމާލެއްގައިވެސް ބަދަލުކޮށްފައި މިހާރު ޓާގެޓްކުރަނީ 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމުން". ނާޝިދު ވިދާޅުވި އެވެ.

ސްޓެލްކޯއިން ވިދާޅުވީ އެންމެ ފުރަތަމަ ސްމާރޓް މީޓަރ ހަރުކުރުމަށް ވިސްނާފައިވަނީ ހުޅުމާލޭގައިކަމަށެވެ. އެހެންނަމަވެސް މަސައްކަތްކުރާނީ އެއް ފަހަރާ ގިނަ ސަރަހައްދުތަކުގައި މި ޕްރޮޖެކްޓް ފެށުމަށްކަމަށް އެ ކުންފުނިން ވަނީ ބުނެއެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު