ޚަބަރު
މެލޭޝިއާއިން ގެއްލިގެން ހޯދާ އުސައިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި
އުސައިދު
މެލޭޝިއާއިން ގެއްލިގެން ހޯދަމުން އަންނަ ދިވެއްސެއް ކަމަށްވާ އަހުމަދު އުސައިދު އިބްރާހީމް އަފީފް ހުރީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން އެނގިއްޖެ އެވެ.

މެލޭޝިއާގައި ކިޔަވަމުން އަންނަ އަދި ކިޔެވުމަށް ވެސް މޮޅު އުސައިދު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން، އޭނާ ހޯދަން އާއިލާގެ ފަރާތުން އާންމުންގެ އެހީއަށް އެދުނީ މިދިޔަ ހޯމަ ދުވަހު އެވެ. އިއްޔެ އާއިލާގެ ފަރާތުން ބުނެފައި ވަނީ، އުސައިދު ސަލާމަތުން ހުރިކަން ސީސީޓީވީ ކެމެރާއިން ފެނިފައިވާ ކަމަށާއި ނަމަވެސް އޭނާއާ އަދި ބައްދަލު ނުވާ ކަމަށެވެ.

އޭނާގެ އާއިލާއިން މިއަދު ބުބީ އުސައިދު މިވަގުތު ހުރީ މެލޭޝިއާ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަން އަދި ސާފެއް ނުވެ އެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ، އުސެއިދު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މެލޭޝިއާގެ ހޮޓަލެއްގެ ފަރާތުންނެވެ.

އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން ވަނީ އެނގިފައި ކަމަށް ބައްޕަ ބުނެފައިވެ އެވެ.

"...ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި،" އޭނާގެ ބައްޕަ ފޭސްބުކްގައި ކުރި ޕޯސްޓްގައިވެ އެވެ. އިއްޔެގެ ވަގުތެއްގައި އުސައިދުގެ ވޮލެޓާއި ކާޑް އެމްބަސީން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވިއަސް އުސައިދާ ބައްދަލުނުވާ ކަމަށް އަފީފް ބުންޏެވެ. "އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އުސައިދުގެ ހަބަރެއް ވާނެ،" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު