މިފްކޯގެ ސީއީއޯ އަދި އެމްޑީކަމަށް ކުރީގެ ވައިސް ޗީފް ފަރުހަތު
މަރިޔަމް އަނާ
05 މާޗް 2025 - 21:29
0 comments
ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު
ސަރުކާރު މަސް ކުންފުނި، މިފްކޯގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު މިއަދު އައްޔަންކޮށްފި އެވެ.
މިފްކޯގެ ސީއީއޯ މަގާމު ހުސްވީ މީގެ ތިން މަސް ކުރިން އެ މަގާމަށް އައްޔަން ކުރި ޔޫކްރައިންއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ވިޓާލީ ލިއުބިމޮވް، މިދިޔަ ހޯމަދުވަހު ވަކިކުރުމާ ގުޅިގެންނެވެ. އެއާ އެކު އެ މަގާމަށް ފަރުހަތު އައްޔަންކުރިކަން މިއަދު ޕީސީބީން ވަނީ ބުނެފަ އެވެ.ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. އޭނާ ސިފައިންގޭގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ.އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަރުހަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯ ކަން ކުރައްވައިފަ އެވެ. ފަރުހަތު އޭރު ފާހަގަކުރެވުނީ އައިޖީއެމްއެޗުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.
ކިޔުންތެރިންގެ ޝުއޫރު