
އެމްއެފްޑީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އިންޖެކްޝަންގެ ބެޗް ނަމްބަރު EMPH243030 ގައި ކޮލިޓީ މައްސަލަތަކެއް ފާހަގަވެ، ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.އެ އިންޖެކްޝަން އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެންގުމަށް އެމްއެފްޑީއޭން ވަނީ އެދިފަ އެވެ.އާންމު ގޮތެއްގައި ޕެންޓޮޕް 40 އިންޖެކްޝަން ބޭނުން ކުރަނީ ބަނޑުގައި ވައި ހެދި ގޭސްޓްރިކް ވުމުގެ މައްސަލަތަކަށެވެ.ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކަށް އަންގާފައި ވާނެކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.