ޚަބަރު
ކުޑަކުދިންނަށް ދޭ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނި އެ ނުވިއްކަން އަންގައިފި
ފަރަންސޭސިވިލާތުގައި އުފައްދާފައިވާ ބޭބީބަޔޯ ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، ފަރަންސޭސި ވިލާތުގައި އުފައްދާފައިވާ "ބޭބީ ބަޔޯ" މަރުކާގެ އިންފެކްޓް ފޯމިއުލާގެ ބައެއް ބެޗްތަކުން، 'ސެރެއުލައިޑް' ނަމަކަށް ކިޔާ ވިހަ މާއްދާއެއް ފެނިފައި ވާކަމަށެވެ.

އެހެންކަމުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކައި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައި ވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އާންމުކޮށްފައި ވާކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ވަނީ، 'ސެރެއުލައިޑް' އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެއް ކަމަށް ބުނެފައެވެ. އަދި އެ މާއްދާއިން ތަޢައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭ ނުބައިކޮށް ހޮޑުލެވުމާއި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

އެ އޮތޯރެޓީއިން ވަނީ އެ ކަމުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެއާއި ގުޅުންހުރި ބައެއް އުފެއްދުންތައް ރާއްޖެ އެތެރެކުރުމުގެ އިތުރުން ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައެވެ.

އެކަމުން ރައްކާތެރިވުމުގެ ފިޔަވަަޅެއްގެ ގޮތުން ބޭނުންކުރުން މަނާކުރި އުފެއްދުންތައް: 

  • ބޭބީބިއޯ އޮޕްޓިމާ 1 ގެ 400 ގްރާމުގެ ބެޗު ނަމްބަރު 900932
  • ބޭބީބިއޯ އޮޕްޓިމާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 894408 
  • ބޭބީބިއޯ އެޕްޓިމާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 900035
  • ބޭބީބިއޯ ކެޕްރީއާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 899014
މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ ބޭނުންކުރުން ވެސް މަނާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު