ޚަބަރު
މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އިލްތިމާސްކޮށްފި
ޖަރުމަނުގެ އުފެއްދުމަށް ކަމަށްވާ 'ހިޕް' ބްރޭންޑްގެ ކުޑަކުދިންގެ ކާނާއެއްގައި ވިހަ ހުރި ކަމަށް ޝައްކުކުރެވިގެން އެހެން ގައުމެއްގައި ހުރި އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވާތީ، އެ ބްރޭންޑްގެ ތަކެތި ރާއްޖޭގައި ވެސް ހުރި ނަމަ، ބޭނުންނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.

"ހިޕް" އިން މިހާރު އަންނަނީ އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ، ކުޑަކުދިންގެ ކާނާގެ އުފެއްދުންތައް ބޭނުން ނުކުރުމަށް އަންގައި ބާޒާރުން އަނބުރާ ނަގަމުންނެވެ. 


 ޖަރުމަނާއި އޮސްޓްރިއާގެ އިތުރުން ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާއިން ވެސް ފުލުހުން ވަނީ މި ބާވަތުގެ ފުޅިތައް ތަހުގީގަށް ނަގައިފަ އެވެ. އޮސްޓްރިއާގެ ފުލުހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގަށް ނެގި ސާމްޕަލްތައް ޓެސްޓުކުރިއިރު މީދާ ވިހަ ފެނިފައިވާ ކަމަށެވެ. 

އެމްއެފްޑީއޭ އިން ބުނީ މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުފެއްދުމަކަށް ނުވި ނަމަވެސް އަމިއްލަ ބޭނުމަށް މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑްގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު