ޚަބަރު
މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ
މާލެ އިން ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދަނީ އުމުރުން 31 އަހަރުގެ ހައްވާ ހަސަން އެވެ.

މާލެއަށް ނިސްބަތްވާ އެމީހާ ގެއްލިގެން ހޯދަނީ ގެއިން ދިޔަ ފަހުން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގިގެން އާއިލާގެ ފަރާތުން މިމަހުގެ 8 ވަނަ ދުވަހު ރިޕޯޓް ކުރުމުންނެވެ.

އެހެންވެ ޙައްވާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

މީގެ ދެ ދުވަސް ކުރިން މާލެ އިން ފިރިހެނަކު ގެއްލިގެން ވެސް ފުލުހުން އިއުލާންކުރި އެވެ. އެއީ ނ. މަނަދޫ، ރީހުއްސަބާ، އަބްދުﷲ ޝިހާދު، 37، އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު