ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފައިސާ ނަގައި އުމްރާއަށް ނުގެންދިޔަ މައްސަލަ ބަލައި ފިޔަވަޅު އަޅާނަން: ޝަހީމް
އިސްމާއިލް ރިޒާ
13 މާޗް 2025 - 13:27
0
comments
Tweet
Telegram
އަސްކޮއި ޖަމާއަތުން އުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000ރ. ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ.
ފުރަން 10 ދުވަހަށް ވެފައި އޮއްވައި، ދަތުރު ކުރެވެން ނެތް ކަން އެންގީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އޭރު އެ އާއިލާ އިން ތިބީ މާލެ އައުމުގެ އިންތިޒާމް ވެސް ހަމަޖައްސައިގެންނެވެ.
އެ އާއިލާއިން ވަނީ އެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އެއާ އެކު، އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ.
"އަސްކޮއި ޖަމާއަތުގެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި. ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން،"ޝަހީމް ފޮނުއްވި މެސެޖެއްގައިވެ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، އުމްރާއަށް މީހުން ގެންދިއުމުގެ ގަވައިދާ ހިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ އެވެ. މިފަހުން ވެސް އެ ފަދަ ގުރޫޕުތަކެއްގެ ހުއްދަ ބާތިލްކޮށް ފިޔަވަޅުއަޅާފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރަންޖެހޭ އުސޫލުގައިވާގޮތުން ކުންފުނިތަކުން އުމްރާއަށް ދާން ފައިސާ ދައްކާ މީހުންނަށް ވައިގެ މަގުން ދެކޮޅު ޓިކެޓާއި އުމްރާއަށް ގޮސްތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް ހަމަޖައްސައިދޭން ޖެހޭނެ އެވެ.
މި އުސޫލާ ޚިލާފުވާ ކުންފުނިތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ. އެގޮތުން، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 1،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކުންފުނި ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާނަމަ ނުވަތަ ގެންދަން ފައިސާ ނަގައިފިނަމަ 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މީގެ އިތުރުން ވެސް ހުއްދަ ހިފެހެއްޓުމާއި ހުއްދަ ބާތިލުކުރުމަކީ ވެސް ގަވާއިދާ ޚިލާފުވާ ކުންފުނިތަކާ މެދު އެޅޭނެ ފިޔަވަޅުތަކެކެވެ. އަދި ޖިނާއީ މައްސަލައެއް ނަމަ، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހަށް ހުށަހެޅުމާއި މަދަނީ މައްސަލައެއް ނަމަ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަކީ ވެސް އެޅޭނެ ފިޔަވަޅުތަކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
މާލޭ ސަރަހައްދުގެ 34 މިސްކިތެއްގައި ދަމު ނަމާދު ކުރަނީ
5 ދުވަސް ކުރިން
0
ހާފިޒުން ދަސްވެނިވުމަށް ފުރަތަމަ ފަހަރަށް ހާއްސަ ހަފުލާއެއް
11 ދުވަސް ކުރިން
0
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި
26 ދުވަސް ކުރިން
0
ހައްޖުވެރިން ހައްޖަށް ގެންދިއުމަށް މޯލްޑިވިއަންއާ އެކު އެއްބަސްވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލުންތަކެއް ބާއްވަނީ
16 ގަޑިއިރު ކުރިން
0
ފޮނަދޫގައި އިމާމުވެ މިއަދު ހުކުރު ކުރެއްވީ އަބްދުއްރަހީމް
16 ގަޑިއިރު ކުރިން
0
ފޯވާޑަށް ކުޅެގެން ހޯރަފުށީގެ ތަރައްގީ އަށް ކަމެއް ކުރެވޭތޯ އުޅުނިއްޔާ މާ ރަނގަޅު ވާނެ: އިމްދާހު
17 ގަޑިއިރު ކުރިން
0
ނަޞްރުގެ މައްސަރު
17 ގަޑިއިރު ކުރިން
0