ކާނިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅަން ބަޔަކާ ހަވާލުކޮށްފި
އިސްމާއިލް ރިޒާ
15 މާޗް 2025 - 12:00
0 comments
ކާނިވާ ސްޓޭޖު ތަޅާލައި އެތަނުގައި އާ ސްޓޭޖެއް އެޅުމަށް ހަވާލުކުރުން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ކާނިވާ ސަރަހައްދުގައި ހުރި ސްޓޭޖު ތަޅާލައި އެތަނުގައި އާ ސްޓޭޖެއް އަޅަން 4.8 މިލިއަން ރުފިޔާއަށް ޔޫއެޗް އިންވެސްޓްމަންޓާ ހަވާލުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކާނިވާ ސަރަހައްދުގައި އާ ސްޓޭޖެއް އަޅަން ޔޫއެޗް އިންވެސްޓްމަންޓާ ހަވާލުކުރީ 140 ދުވަހުގެ ތެރޭގަ އެވެ.މާލޭގައި ސްޓޭޖް ހަރަކާތްތައް ހިންގޭ ގޮތަށް އޮތް އެ ސަރަހައްދު މިހާރު ވަނީ ވީރާނާވެ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެތަނުގައި އެކި ހަރަކާތް ބޭއްވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޝުއޫރު