މާލޭޭގެ ޑެޕިއުޓީ މޭޔަރަކަށް ޕީއެންސީގެ އަރީޝް އިިންތިހާބުކޮށްފި
އަލީ ރާޒީ
16 މާޗް 2025 - 12:15
0 comments
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އިބްތިހާބުކުރި އަރީޝް.
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަރީޝް މިއަދު އިންތިހާބުކޮށްފި އެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު ނަރީޝް މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއާ އެކު، މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އެ މަގާމަށް މީހަކު ހޮވުމަށް އޮތީ އެޖެންޑާކޮށްފަ އެވެ.އެ ބައްދަލުވުމުގައި މި މަގާމަށް ކުރިމަތިލެއްވީ ވެސް އަރީޝް އެކަންޏެވެ. އެހެންވެ، ކައުންސިލުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އަރީޝް އިންތިހާބު ކުރުމަށް ފެންނަ ކަމަށް 16 މެމްބަރުން ވޯޓު ދެއްވި އެވެ.އަރީޝްއަކީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލުގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރަކަށް ވިޔަސް އިންތިހާބުވުމާ އެކު އޭނާ ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު