ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ވެސް ނެތް!
އަހުމަދު ނިހާން
09 އޭޕްރީލް 2025 - 10:20
0
comments
Tweet
Telegram
ރޯދަ މަހުގެ ފަހު 10 އާއި އީދު ބަންދަށް މަޖިލިސް ވެސް ޗުއްޓީއަކަށް ދިއުމަށް ފަހު، މި ހުޅުވި ހަފުތާގައި އެންމެ ޖަލްސާއެއް ބޭއްވުމަށް ފަހު ދެން ޖަލްސާއެއް ތާވަލުނުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އިއްޔެ ވެސް ނުބާއްވަ އެވެ. މިއަދު އަދި އިއްޔެ ވެސް ޖަލްސާއެއް ނުބާއްވަން ނިންމި ސަބަބެއް ރިޔާސަތުން އާންމެއް ނުކުރެ އެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ހޯމަ ދުވަހެވެ.
މަޖިލީހުގެ ޖަލްސާތައް މި ހަފުތާގައި ނެތް ސަބަބެއް މަޖިލީހުގެ އިދާރާއަކުން ނުބުނެ އެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީއެންސީން ވެސް އެކަމާ އަދި އެއްޗެކޭ ނުބުނެ އެވެ.
މައިގަނޑު ހަތް ޒިންމާއެއް ގާނޫނުއަސާސީން މަޖިލީހުގެ މައްޗަށް މަތިކުރެ އެވެ. އެއީ:
ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެމަތީން ގާނޫނުއަސާސީއަށް އިސްލާހު ގެނައުން.
ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެމަތީން ގާނޫނު ހެދުމާއި، ގާނޫނަށް ބަދަލު ގެނައުމާއި، ގާނޫނު ބާތިލުކުރުން.
ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުން. އަދި، މި ކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުން.
ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުން.
މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކާ ބެހޭގޮތުން ނިންމާންޖެހޭ ކަންތައްތައް ގާނޫނުގައިވާ ގޮތުގެމަތީން ނިންމުން.
ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން.
ރައްޔިތުންގެ މަޖިލީހުން އަދާކުރާން ޖެހޭނެކަމަށް ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާ މި ނޫން ވެސް ވާޖިބުތައް އަދާކުރުން.
އެއަށް ފަހުގައި ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މެންބަރުން މަސައްކަތް ކުރަންވީ ގޮތް ވެސް އޮތީ ބަޔާންކޮށްފަ އެވެ. އެ މީހުންގެ އަމަލުތަކާއި ބަސްތަކާއި ވިސްނުން ބައްޓަންކުރަންވީ ކިހިނެއްކަން ވެސް ގާނޫނުއަސާސީގައި އެބައޮތެވެ.
އެ މާއްދާގައި ބުނަނީ:
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރާންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ އެވެ. އަދި، އެބައިމީހުން، އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމުސީލުކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރާންވާނެ އެވެ."
Tweet
Telegram
ގުޅުންހުރި ލިޔުންތައް
19 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
21 ގަޑިއިރު ކުރިން
0
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި
23 ގަޑިއިރު ކުރިން
0
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހުމާލުވުމާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
11 ދުވަސް ކުރިން
0
އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އުޒްބަކިސްތާނަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމަށް އިބްރާހިމް ތައާމު
16 ގަޑިއިރު ކުރިން
0
40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ
17 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
19 ގަޑިއިރު ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
19 ގަޑިއިރު ކުރިން
0