މޯލްޑިވިއަންއަށް އިތުރު އެއާބަސް ބޯޓެއް ހޯދަން އަލުން އިއުލާނުކޮށްފި
މަރިޔަމް އަނާ
13 އޭޕްރީލް 2025 - 11:14
0 comments
ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް އެއާބަސް މަތިންދާބޯޓެއް ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ވަނީ އެއާބަސް އޭ 330-200 މަރުކާގެ މަތިންދާބޯޓެއް ހޯދުމަށް އިއުލާނުކޮށްފައެވެ. މި މަތިންދާބޯޓު ހޯދަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.މީގެ ކުރިން ފެބްރުއަރީ 6، 2025ގައި ވެސް އެއާބަސް ހޯދަން އިއުލާނުކުރިއެވެ. ނަމަވެސް އެ އިއުލާނު ބާތިލުކުރުމަށްފަހު މިވަނީ އަލުން މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފައެވެ.މަތިންދާބޯޓު ހޯދުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.މި ފްލައިޓް ހޯދަނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުންނެވެ.
މޯލްޑިވިއަންގައި މިހާރުވެސް އޭ330 މަރުކާގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް އޮވެ އެވެ. މި ފްލައިޓް ގެނައީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online