އަންހެން މީހާ ވެއްޓުން: ޔުމްނުއާ އެކު އުޅުނު މީހުންގެ ފޯނު ހިފަހައްޓައިފި
މަރިޔަމް އަނާ
26 އޭޕްރީލް 2025 - 16:16
0 comments
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ރޭ އޭނާއެކު ޕާޓީ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން--
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދާ އެކު، އެ ރޭ އުޅުނު މީހުންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފައްޓައިފި އެވެ.
ޔުމްނު ވެއްޓިފައިވަނީ މި މަހުގެ 18ވީ، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ފެނިގެން މީހަކު ފުލުހަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ހ. މިޓާޒް ގޭގެ ގުދަނުގެ ފުރާޅު މައްޗަށެވެ.އޭނާ ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންނެވެ.ފުލުހުން މިއަދު ބުނީ ފޯނު ހިފެހެއްޓުމުގެ އަމުރަށް އެދުނު އެންމެންގެ ފޯނު ހިފެހެއްޓުމަށް އަމުރު ލިބުމުން އެ އެންމެންގެ ފޯނު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ."އެއީ ޖުމުލަ ނުވަ މީހެއްގެ ފޯނު،" ފުލުހުން ބުންޏެވެ.ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު، ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ރައުދު އާއި ޔުމްނުއާ ދެމެދު އެ ރޭ ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ.ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ކޯޓަކު ނުބުނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު