ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައުދު ބަންދުކުރި އަމުރު އިސްތިއުނާފުކޮށްފި
އަލީ ރާޒީ
18 މެއި 2025 - 22:35
0
comments
Tweet
Telegram
ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ)ގެ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ރައުދުގެ ވަކީލުން ހައިކޯޓުގައި އިސްތިއުނާފް ކުރީ މި މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެކެވެ. އިސްތިއުނާފް މައްސަލައިގައި މައިގަނޑު ފަސް ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ:
ބަންދު އިތުރުކުރަން ފުލުހުންގެ އިދާރާއިން ގޯސް މާއްދައަކާ ހަވާލާދީ ކޯޓަށް ހުށަހެޅުން
އެގޮތަށް ދިމާވީ އޮޅުމަކުން ބުނެ ދެންވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރުން
ހަސްމުން ހުށަހަޅާފައި ނުވާ މާއްދާއަކާ ހަވާލާދީ ގާޒީ މުއްދަތު ޖެހުން
ގާޒީ ހަވާލާދިން މާއްދާގައި ބުނާ ގޮތާ ހިލާފަށް މުއްދަތު ދިނުން
އާ ހެއްކެއް ހުށަހަޅާފައި ނުވަނީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުން
ރައުދުގެ ބަންދުގެ މުއްދަތު ހަތަރު ފަހަރަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް އަދި މީގެ ތިން ދުވަސް ކުރިން 10 ދުވަހަށް ރައުދު ވަނީ ބަންދުކޮށްފަ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ކުރިން މާލޭގެ ދެ ގެއެއްގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ޔުމްނު އާއި ރައުދު ހިމެނޭހެން ޖުމްލަ ނުވަ މީހަކު މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރުމުގެ ކަންތައްތަކެއް ހިންގާފައިވާކަން ފުލުހުން ކުރިން ދިން މައުލޫމާތުން އެނގެ އެވެ.
ޔުމްނުގެ ހަށިގަނޑުންވެސް ފުލުހުން ނެގި ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. ދެން ތިބި މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށް އެދުމުން އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ފުލުހުން އޭރު ވަނީ އެ މީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފަ އެވެ.
ނަމަވެސް ފުލުހުން ފަހުން ބުނީ މި މައްސަލައިގައި ހިމެނޭ އެންމެން އަލުން ދެނެގަނެ އެ އެންމެންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ސީޕީއަށް ގުޅީ ގެ ބަލާ ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ބުނަން: އަމީން
4 ދުވަސް ކުރިން
0
އިތުރު 20 ދުވަހު ރައުދު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި
6 ދުވަސް ކުރިން
0
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ނެތް: އިހުސާން
7 ދުވަސް ކުރިން
0
ޔުމްނު ވެއްޓުނު މައްސަލައާ ގުޅުންހުރި މީހުންނާ ބައްދަލުކޮށް މައުލޫމާތު އެއް ކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލައްވައިފި
1 ގަޑިއިރު ކުރިން
0
އެމެރިކާގެ ވާހަކަ ތަކުގައި މުޅިން ވެސް ހުރީ މަކަރު: އީރާން
2 ގަޑިއިރު ކުރިން
0
މުޒާހަރާކުރި އޮޑިވެރީންނަށް އެޗްޑީސީން ވަގުތީ ހައްލެއް ހޯދައިދީފި
2 ގަޑިއިރު ކުރިން
0
އަރަބި ސަމިޓް ނިންމާލީ އިޒްރޭލާ ދެކޮޅަށް ދަތިކުރަން ވެސް ގޮވައިނުލައި!
2 ގަޑިއިރު ކުރިން
0