ޚަބަރު
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް 141 ފޯމު ހުށަހަޅައިފި
ގައުމީ އިނާމަށް ނަން ހުށަހެޅި ބޭފުޅަކާ އިންޓަވިއު ކުރަނީ --- ފޮޓޯ/ ރައީސް އޮފީސް
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 މީހުން ފޯމު ހުށަހަޅައިފި އެވެ. އެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވީ، މިދިޔަ މާރިޗު މަހުގެ 18ގައެވެ.

އިނާމު ކޮމިޓީން ބުނީ، ފޯމު ހުށަހެޅި މީހުންގެ ވަޒީފާގެ ލިޔުންތައް މިހާރު ބަލައި، އިންޓަވިއުއަށް ޝަރުތު ހަމަވާ މީހުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން، ކޮމިޓީން މިއަދު ވަނީ އެ މީހުންނާ އިންޓަވިއުތައް ކުރަން ވެސް ފަށައިފައެވެ.

މި އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚްލާސްތެރިކަމާއެކު ކުރާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޝަރަފުވެރި އިނާމެކެވެ.

މި އިނާމު މި އަހަރު ދޭނީ، ރައީސް އޮފީހުން ބުނި ގޮތުގައި، 26 ޖުލައިގައި ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެންނެވެ.

މިދިޔަ އަހަރު، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި 53 މީހަކަށާއި ތައުލީމީ ދާއިރާއިން މަތީ ދަރަޖަ ހޯދި 40 މީހަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެވޯޑު ދެއްވިއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު