ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެސްޓީއޯއިން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ތިން ފެސިލިޓީއެއް ތައާރަފުކޮށްފި
މަރިޔަމް އަނާ
21 މެއި 2025 - 17:37
0
comments
Tweet
Telegram
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން 150،000 ރުފިޔާގެ ކުރެޑިޓް ދޭ ތިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންތަކަކީ ރެސްޓޯރަންޓް، ކެފޭތަކަށާއި ކްރެޑިޓް އޮފާސްތައް އަދި އެޕާޓްމަންތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެއް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
ރެސްޓޯރަންޓް ކެފޭތަކަށް ހާއްސަ ޕްރޮމޯޝަން
އެސްޓީއޯ އިން ބުނި ގޮތުގައި ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކުން މި ޕްރޮމޯޝަނަށް ހާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރައި ހުށައެޅުމުން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭތަކަށް ހާއްސަ އަގުތަކެއްވެސް ކަނޑައެޅިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން އެއް ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް ދެ ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް އަދި ތިން ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ބާކީ ހަތް ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުނެފައިވެ އެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކަމަށެވެ.
ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ އޮފާ:
އެ ކުންފުނިން ބުނީ މި އޮފާގެ ދަށުން ޖެނެރަލް ޓްރޭޑިންއިން ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެެވެ.
އަދި މި އޮފާވެސް ކުރިއަށް ދާނީ ތިންމަސް ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ ތިންމަސް ދުވަހުގެތެރޭ މި އޮފާގެ ތެރެއިން ކްރެޑިޓަށް މުދާ ގަނެގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތުގެ ތެރެއިން އެއްވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް، ދެވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް އަދި ތިންވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަން ވެސް ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން އެކަންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ގަޑިއިރު ކުރިން
0
އެސްޓީއޯ ރޯދަ ބާޒާރު ޕްރޮމޯޝަންގެ އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފި
20 ދުވަސް ކުރިން
0
އެސްޓްރަޒެނެކާއާ ގުޅިގެން އެސްޓީއޯއިން އޮންކޮލޮޖީ ނަރުހުންނަށް ތަމްރީނު ދެނީ
28 ދުވަސް ކުރިން
0
އެސްޓީއޯ ހޮޓަލުގެ ބަދަލުގައި ފޭސް 3 އިން 40000 އަކަފޫޓުގެ ބިމެއް
29 ދުވަސް ކުރިން
0
އެސްޓީއޯގެ ހިއްސާއަަކަށް 80ރ. ބަހަން ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކުލި ނުދައްކާ ފުލެޓުތަކަށް ނޯޓިސް ފޮނުވަން ފަށައިފި
3 ގަޑިއިރު ކުރިން
0
ޓެކާސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފި
4 ގަޑިއިރު ކުރިން
0
އޮގަސްޓް 30 އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ
4 ގަޑިއިރު ކުރިން
0
މަސްތުވާތަކެއްޗާ އެކު 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން
0