އެސްޓްރަޒެނެކާއާ ގުޅިގެން އެސްޓީއޯއިން އޮންކޮލޮޖީ ނަރުހުންނަށް ތަމްރީނު ދެނީ
ހަސަން ހަލީމް
26 މެއި 2025 - 15:07
0 comments
އެސްޓީއޯ އިން އެސްޓްރަޒެނެކާ އަދި ކެންސާ ސޮސައިޓީއާ ގުޅިގެން އޮންކޮލޮޖީ ނަރުހުންނަށް ބޭއްވި ވޯކްޝޮޕް
އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ކުންފުންޏާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން އެސްޓީއޯއިން، ކެންސަރަށް ފަރުވާ ދޭ އޮންކޮލޮޖީ ނަރުހުންނަށް ތަމްރީނު ސެޝަންތަކެއް ބާއްވައިފިއެވެ.
އެސްޓީއޯ އިން ބުނީ މިދިޔަ އޭޕްރިލް މަހު ފެށި އެ ޕްރޮގުރާމުގެ ދަށުން ފުރަތަމަ ބޭއްވި ސެޝަނުގައި 55 ނަރުހުން ބައިވެރިވެފައި ވާއިރު ދެވަނަ ސެޝަނުގައި 59 ނަރުހުން ބައިވެރިވި ކަމަށެވެ.އެސްޓީއޯ އާއި އެސްޓްރަޒެނެކާ އަދި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ފެށި 'އޮންކޮލަޖީ ނާސަސަސް އެކްސެލެންސް (ވަން)' ޕްރޮގްރާމު ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.މި ޕްރޮގްރާމާ ގުޅޭ ގޮތުން އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ ރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީނު ދިނުން ކަމަށެވެ.ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާ އާއި އެ މީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމަށް ވާއިރު އެ ފަދަ ޕްރޮގުރާމެއްގެ މުހިންމުކަން ވަރަށް ބޮޑެވެ. އަދި ނަރުހުންނަކީ ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެއް ކަމަށާއި ވަން ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކޮށް، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، އެ ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރުން ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު