ޚަބަރު
ސްކޫލް ނިމޭ ގްރޭޑް އޭލެވެލް އަށް މަތިކުރަނީ
ސްކޫލް ނިންމާ ގްރޭޑަކީ އޭ ލެވެލް ކަމަށް ކަނޑައަޅާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ފަސް ދަންފަޅިއަކަށް ބަހާލައިގެން ހޮނިހިރާއި އާދީއްތަ ދުވަހު، ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ 2022/2023 މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ރޭގެ ފަހު ދަންފަޅީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށާއި، އެކަމަށް މި ސަރުކާރުން ފެށި ޕައިލެޓް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 38 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. 

މި އަހަރު އޯލެވެލް ނިންމި ކުދިންނަށް މާލެ ސްކޫލުތަކުގައި ވެސް އެ ޕްރޮޖެކްޓު ފަށަން ނިންމާފައިވާ ކަމަށާއި، އެކަމަށް މާލެ ސްކޫލުތަކުގައި އެކަމަށް ޖާގަ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދިވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލް ތައުލީމުން އެބަ މަހުރޫމުވޭ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭލެވެލް އެއީ ސްކޫލު ނިންމައި މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަށް މި ސަރުކާރުން ވަނީ އޯލެވެލްގެ ތިން މާއްދާއިން ނުވަތަ އެއް މާއްދާއިން ފާސްވާ ކުދިންނަށް ވެސް ފުރުސަތު ދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 106 ދަރިވަރުން އިތުރުވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު