
ދައުވާކުރީ ފުލުހުންނާއި ސިފައިން ގުޅިގެން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިދިޔަ ރޯދަ މަހު ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހަކަށް ކަމަށް ބެލެވެ އެވެ. އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކުރި ކަމަށް ބުންޏަސް އޭރު އެއްވެސް ތަފްސީލެއް ނުދެ އެވެ.ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު މި ރޭ ވިދާޅުވީ، ޓެރަރިޒަމްގެ އެ މައްސަލައިގައި ތިން މީހަކާ ދެކޮޅަށް ފުލުހުން ހުށަހެޅި މައްސަލަ އިއްޔެ ބަލައިގެންފައިވާ ކަމަށެވެ.ދައުވާ ކުރުމާ މެދު، އަންނަ މަހުގެ ހަތް ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.