ވިޔަފާރި
ސެޕްޓެމްބަރުގެ ނިޔަލަށް ސްޓެލްކޯގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރަނީ
ސްޓެލްކޯގެ ސްމާޓް މީޓަރެއް.
ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯއިން ކަރަންޓު ދެމުން އަންނަ 35 ރަށުގެ ތެރެއިން ސްމާޓް މީޓަރު ހަރުކޮށްފައި މިހާރު ހުރީ ހުޅުމާލެ 2 ގައި އެކަންޏެވެ.

އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ތަނެއްގައި ސްމާޓް މީޓަރު ހަރުކޮށް ތިން އަހަރު ތެރޭ ނިންމަން އިއުލާން ކުރީ މިދިޔަ އަހަރުގެ އޮގަސްޓުގަ އެވެ.

"ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާ އެކު ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރާ މިންވަރު ވެސް ފެންނަމުންދާނެ،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ އެ ހިދުމަތާ އެކު ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގްތިސާދު ކުރެވި، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރެވުމެވެ

ސްޓެލްކޯ އިން ބުނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުންފުންޏާމެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ހިދުމަތެއް ދެމުން ގެންދިއުމަކީ ކުންފުނީގެ އެންމެ މުހިންމު އަމާޒް ކަމަށެވެ.

މި އަމާޒަށް ވާސިލުވުމުގައި ސަރުކާރާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެއްވާ އެއްބާރުލުމާއި އިރުޝާދަށް ސްޓެލްކޯ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު