ޚަބަރު
ގައްދޫން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ޒަކަރިއްޔާ މުހައްމަދު
ގދ. ގައްދޫން އިން ފުރައިގެން އެ ރަށް ކައިރީގައި އޮންނަ ގދ. ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު (79އ) ގެ ހަށިގަނޑު ފެނިއްޖެ އެވެ.

ޒަކަރިއްޔާގެ ހަބަރެއް ނުވީ ގައްދޫން ފުރައިގެން އެ ރަށާ ޖެހިގެން އޮންނަ ގަމަށް ދިއުމަށް ފަހު އެނބުރި ރަށަށް ދިއުމަށް ފުރި ފަހުންނެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރި ޑައިވެއްގައި އޭނާ ދަތުރުކުރި ޑިންގީ އިއްޔެ ހެނދުނު ގައްދޫ އާއި ގަމާ ދެމެދު އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ވަނީ ފެނިފަ އެވެ.

ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޓީމުން އޭނާގެ ހަށިގަނޑު ނަގައިގެން ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު