ވިޔަފާރި
ބީއެމްއެލްއިން ގދ. އާއި ގއ. ގައި އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަނެއް
ބީއެމްއެލް އިން ހިންގި ޕްރޮގްރާމްގެ ތެރެއިން. - ފޮޓޯ/ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒާއި ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޝަންގެ އަންހެން މުވައްޒަފުންގެ ޓީމަކުން ހިންގި އެ ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި އެ ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ވަނީ ދީފަ އެވެ. ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި އެ ޕްރޮގްރާމްގައި އެ ދާއިރާއިން ކެރިއާއެއް ބިނާ ކުރާނެ ގޮތުގެ ސެޝަނަކާއި މެންޓާޝިޕް ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ބީއެމްއެލްއިން ވަނީ ކޮންމެ ސްކޫލަކަށް ކޮމްޕިއުޓާ ސިސްޓަމެއް ވެސް ހަދިޔާކޮށްފަ އެވެ. އެ ޕްރޮގުރާމަކީ "އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ފާހަގަ ކުރުމަށް ހިންގި ޕްރޮގްރާމެކެވެ. މިއީ އެ ޕްރޮގްރާމްގެ ވިދިވިދިގެން ހިންގި ތިން ވަނަ އަހަރެވެ.

މިއީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމަށް މި ޕްރޮގްރާމް ހިންގި ވިދިވިދިގެން ތިން ވަނަ އަހަރެވެ. ކުރީ އަހަރުތަކުގައި މި ޕްރޮގްރާމް ބާއްވާފައިވަނީ އއ. މަހިބަދޫ، ފުވައްމުލައް އަދި އައްޑޫގަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު