
މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އައިޔޫއެމް އިން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ޒާހިރެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ.އެެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖާއި އައިޔޫއެމްގައި އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ފެންވަރުގެ ސެން ޓީވަރުން ތަމްރީނު ކުރުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާލޭގެ އިތުރުން އައިޔޫއެމާއި ވިލާ ކޮލެޖްގެ ކެމްޕަސްތައް ހުންނަ ރަށްރަށުގަ އެވެ.އެގޮތުން އަންނަ މަހުގެ ތެރޭގައި ފަށާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ. ކޯސް ކުރިއަށް ގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެން ކިޔަވާ ގޮތަށް 8 މޮޑިއުލްއަކަށެވެ.ކޯހަށް ފީދައްކަން ނުޖެހޭ އިރު ކޯހުގައި ކިޔަވާ ކޮންމެ މީހަކަށް ދަރިވަރަކަށް މަހަކު 1،500ރ. ގެ ޕޮކެޓްމަނީއެއް މިނިސްޓްރީން ދޭނެ އެވެ.