ޚަބަރު
އަގު ނުބުނެ؛ 55 ކައުންސިލް އިމާރާތް ކުރަން އާރުސީސީއަށް ހަވާލުކޮށްފި
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ޖުމްލަ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، ސަރުކާރުން ފަށަން ނިންމާފައިވާ މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ، މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ އެވެ. އެކަމަކު މިދިޔަ ޖެނުއަރީ މަހު ސޮއި ކުރި އެ އެއްބަސްވުން ޖުލައި މަހު ވަނީ އުވާލާފަ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީ އިން ބުނީ، އާރުސީސީއާ އެ މަޝްރޫއު ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ، ކިހާ އަގަކަށް ކަމެއް ނުބުނެ އެވެ.

ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން މެލޭޝިއާގެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފު ކުރިން ވިދާޅުވެފައި ވެ އެވެ.

އެ މަޝްރޫއުއާ އެކު، އިތުރު 50 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން މިދިޔަ މެއި މަހު ވަނީ ސޮއިކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު