
މި އިހްތިޖާޖްގައި ކައުންސިލްގައި މަސައްކަތް ކުރާ ސިވިލްސާވިސް މުވައްޒަފުންނާއި އެ ރަށު ކައުންސިލަރުންނާއި ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. ކަޅު ހެދުމުގައި އިހްތިޖާޖްގެ ބައިވެރިން ވަނީ ވަހީދުގެ ސަސްޕެންޝަން އުވާލުމަށް އެލްޖީއޭ އަށް ގޮވާލާފަ އެވެ.ވަހީދު ސަސްޕެންޑްކޮށް އެލްޖީއޭއިން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ބައެއް މާއްދާތަކާއި ކައުންސިލްގެ ރައީސް ޚިލާފުވެފައިވާ ކަމަށާއި، ސުލޫކީ މިންގަނޑާއި ހިލާފަށް ހޯރަފުށީ ކައުންސިލްގެ މެމްބަރުންގެ އަމަލުތައް ބަހައްޓާފަައިވާ ކަމަށެވެ. އެކަމުގެ ގެއްލުން ކައުންސިލާއި ލާމަރުކަޒީ ނިޒާމަށް ލިބިފައިވާ ކަމަށެވެ.މީގެ އިތުރުން، އިންކުއަރީ އެލްޖީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ގޮތަށް ކަންކަން ކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖޭއޭން މިއަދު ވަނީ ނިންމާފަ އެވެ.