
ވަހީދު މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާ 200 އަށް ވުރެ ގިނަ ތަރައްގީގެ މަޝްރޫއުގެ މަސައްކަތް އަމިއްލަ ކުންފުނިތަކާ މިއަދު ސަރުކާރުން ހަވާލުކޮށްފައި ވަނިކޮށެވެ.ތަރައްގީއާ ގުޅޭ 206 މަޝްރޫއެއްގައި ސަރުކާރުން މިއަދު ރާއްޖޭގެ އަމިއްލަ ކުންފުުނިތަކާއެކު ސޮއިކޮށްފައިވާއިރު، އޭގެ ތެރެއިން ހޯރަފުއްޓަށް ލިބުނު މަޝްރޫއަކީ އަތޮޅު ސުކޫލުގެ އޮފީސް އިމާރާތް ގާއިމުކުރުމުގެ މަސައްކަތް އެކަންނެވެ. ހޯރަފުށިގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ގަދަވެފަ ވަނިކޮށް ވަހީދު މިރޭ "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ތަކުން ހޯރަފުށްޓަށް ލިބުނީ ސްކޫލް އޮފީސް އާ އިމާރާތް އެކަނި ކަމަށާއި ހައުސިން ޔުނިޓާއެކު އުއްމީދު ކުރި އިސްލާމިކް ސެންޓަރުގެ ނަމެއް ނެތް ކަމަށެވެ.