
ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު އިއްޔެ ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބަލައިގެންފައެވެ. އަދި, އެ ބިލުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަންނަ މަހުގެ 15ގެ ނިޔަލަށް ނިންމަން ވަނީ ފާސްކޮށްފަ އެވެ.އެ ބިލާ ގުޅިގެން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖުކުރަމުންނެވެ.ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ބިލާ ގުޅޭ ގޮތުން އެ އޮފީހުން ކުރި ދިރާސާތަކުން އެ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެއެ ބިލުގެ މާއްދާތައް ދިރާސާކުރަމުން އަންނަ ކަމަށާއި ބިލާ ގުޅިގެން ލިބިފައިވާ ހުށަހެޅުންތަކަށް ބަލާއިރު މި ބިލަކީ އިތުރަށް ދިރާސާ ކޮށްގެން ކުރިއަށް ދެވިދާނެ ބިލެއް ކަމަށް އުޝާމް ވިދާޅުވި އެވެ."އަޅުގަނޑު ގަބޫލެއް ނުކުރަން [ރައްޔިތުންގެ މަޖިލިހަށް ހަންނާން ހުށަހަޅުއްވާފައިވާ ބިލް] އަނބުރާ ނަގަން ޖެހޭނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ބިލު އަނބުރާ ގެންދިއުމަށް ނަގަން ނުޖެހޭ ކަމަށް ގަބޫލުކުރައްވަނީ މީޑިއާ ކައުންސިލު އޮގަސްޓް 2022 ގައި މީޑިއާ ކައުންސިލުން ބިލެއްގެ ޑްރާފްޓެއް ފޮނުވާފައިވާތީ އެވެ އެ ޑްރާފްޓް ބިލާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މާބޮޑު ތަފާތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އުޝާމް ވިދާޅުވި އެވެ.އުޝާމް ފާހަގަކުރެއްވި ގޮތުގައި މީޑިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވަނީ ރައީސް އައްޔަންކުރާ މެމްބަރުންތަކެއް މީޑިއާ ކޮމިޝަނުގައި ހިމެނުމާއި ރައީސް އައްޔަންކުރާ ފަރާތެއް ކޮމިޝަނުގެ ރައީސް ކަމަށް ހޮވުމެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ އެކަން ކުރަން ބޭނުންފުޅު ނުވާ ކަމަށް އުޝާމް ވިދާޅުވި އެވެ.ނޫސްވެރިންގެ ކަންބޮޑުވުމަކީ ރައީސް އައްޔަން ކުރައްވާ އެއްވެސް މެމްބަރަކު ކޮމިޝަނުގައި އިންނަން ވާނެ ކަމަށް ނޫސްވެރިން ގަބޫލު ނުކުރާއިރު އުޝާމް ވިދާޅުވީ، އެމްއެމްސީން އެންމެ ފަހުން ފޮނުވާފައިވާ ޑްރާފްޓުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން ވެސް ކޮމިޝަން އެކުލަވައިލަން ވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށާއި އެއީ ނޫސްވެރިން އައްޔަންކުރާ ފަސް މެމްބަރަކުންނާއި ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުން ކަމަށް ބަޔާންކުރާ ކަމަށް އުޝާމް ވިދާޅުވި އެވެ.އެކަމަކު އެމްއެމްސީގެ ޑްރާފްޓް ބިލު މައްސަލައަކަށް ނުވެފައި މިހާރު ހުށަހަޅާފައިވާ ބިލުގައި މައްސަލައެއް އޮތް ކަމަށް ދައްކަން ޖެހޭ ސަބަބެއް ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.