
މި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މިއަދު މާލޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.މި އޮޕަރޭޝަނުގެ ތެރެއިން، ފުލުހުން ބުނި ގޮތުގައި، ހައްޔަރުކުރީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކޮށް ޑިޖިޓަލް ޑިވައިސްތަކެއް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.އޭގެ އިތުރުން، މި މައްސަލާގައި ތުހުމަތުކުރެވޭ އިތުރު 2 މީހެއްގެ ޑިޖިޓަލް ޑިވައިސްތަކެއް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.އެނގިފައިވާ ގޮތުގައި ޓެރަރިޒަމް އޮޕަރޭޝަން ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅު ތިމަރަފުށީ ސްކޫލު ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ ކޮށްފައިވާ މީހަކު ހެއްކަކަށް ނުފޫޒު ފޯރުވަން އުޅުމުންނެވެ.