ޚަބަރު
މޫނު ބުރުގާއާ އެކު ސިވިލް ސާވިސްގެ ވަޒީފާ އަދާކުރެވޭ ގޮތް ހަދައިފި
ސިވިލް ސާވިސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ
ސިވިލް ސާވިސް މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭ ގޮތަށް ރަސްމީކޮށް، ހަމަޖައްސައި، ގަވާއިދު ބަދަލުކޮށްފި އެވެ.

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުން، ކުރީ ސަރުކާރުތަކުގައި އޮތީ މަނާކޮށްފަ އެވެ. ޓީޗަރުންގެ މޫނު ނުފެންނާތީ، ވަޒީފާއިން ވަކި ވެސް ކުރި އެވެ.

ސިވިލް ސާވިސް ގަވާއިދު ކުރިން އޮންނަ ގޮތުން ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ މަސައްކަތަކަށް ވާތީ، ހިދުމަތް ލިބިގަންނަ މީހުންނާއި މުއާމަލާތްކުރާ މީހުންނަށް، އެ ހިދުމަތްދޭ މީހަކު ފާހަގަކޮށް އެނގެން ޖެހެ އެވެ. އެހެންވެ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް، އެ ގަވާއިދުގައިވެ އެވެ.

ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތްތައް ދޭ މުވައްޒަފުންގެ ތެރޭގައި ރިސެޕްޝަނިސްޓުން ފަދަ ފްރޮންޓުލައިންގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.

އެކަމަކު އިއްޔެ ގެނައި އިސްލާހަކުން، އެކަން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ގެޒެޓުގައި އާއްމުކޮށްފައިވާ އެ އިސްލާހުގައި ބުނީ:

  • ހިދުމަތުގެ ގޮތުން ކާކުކަން އެނގެން ޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން ތިބެން ޖެހޭނީ، އެ މީހެއްގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ހަރުކޮށްގެން ކަމަށް

  • މީގެ ކުރިން، އެ ގަވައިދުގައި އޮންނަނީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތުގެ ގަޑީގައި ތިބެން ޖެހޭނީ، ކާކުކަން ރަނގަޅަށް އެނގޭނެ ފަދަ ގޮތަކަށް ހެދުން އަޅައިގެން ކަމަށް

  • އެހެންވެ، މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް އޭރު ނޯވޭ


ސިވިލް ސާވިސްގެ ގަވާއިދަށް އެ ބަދަލު ގެނައިއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވެސް މޫނު ބުރުގާ އަޅައިގެން ހިދުމަތް ދެވޭ ގޮތަށް ދާދިފަހުން ވަނީ ބަދަލު ގެނެސްފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު