ޚަބަރު
ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް އިސްތިއުފާ ދެއްވައިފި
ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާދިން މުހައްމަދު ފައިޒަލް
ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވި ސަބަބު ހާމައެއް ނުކުރައްވަ އެވެ.

ޕޭ ކޮމިޝަން ދުވަހުން ދުވަހަށް ހިންގުމުގައި އިސްކޮށް ހުންނެވި ސެކްރެޓަރީ ޖެނެރަލް ފައިޒަލް އިސްތިއުފާ ދެއްވިިއިރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އޮނިގަނޑަށް ދާދި ފަހުން ގެނައި ބަދަލުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަ ކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޕޭ ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު