
އެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައެއް އަތޮޅުތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ.މަޝްރޫއުގެ އިތުރު ތަފުސީލުތައް ރައްޔިތުންނާ ހިއްސާކުރައްވައި، ރައީސް ވިދާޅުވީ، އެއާޕޯޓު އެޅުމަށް، ގާތްގަނޑަކަށް 1،500 މީޓަރު ދިގުމިނުގެ ރަންވޭއެއް އެޅޭ ގޮތަށް އެމްޓީސީސީން ބިން ހިއްކައި ނިންމަމުން އަންނަ ކަމަށެވެ. އިތުރު 300 މީޓަރުގެ ބިން ހިއްކަން ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ."މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، ދެ އަހަރާއި ބައިގެ ތެރޭގައި މި އެއާޕޯޓު ނިންމައި ތިޔަބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އެހެންވީމާ ބައްލަވާ އެ އަށް ވުރެ ވެސް އަވަސް ވާނެ ކަމަށް،" ވަރަށް ޔަގީންކަމާ އެކު ރައީސް މުއިއްޒު ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވީ، ނިލަންދޫ އެއާޕޯޓަކީ އެ ރަށުގެ އިތުރުން ފ. އަތޮޅުގެ ތަރައްގީ އަށް ވެސް ކޮންމެހެން ބޭނުން ތަނެއް ކަމަށެވެ.