
އާންމު ގޮތެއްގައި މަޖިލީހުން މިފަދަ މަގާމުތަކަށް ރުހުންދޭއިރު ބަލަނީ ރައީސް އެ މަގާމަކަށް އައްޔަން ކުރަން ނަންތައް ފޮނުވާ ތަރުތީބަށެވެ.މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ފޮނުއްވި ސިޓީ އިއްވާފައިވާއިރު، ޓްރައިބުނަލްގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް އެ މަނިކުފާނު ފޮނުއްވި ހަތް ބޭފުޅުންގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އޮތީ މަހާޒްގެ ނަމެވެ.ދެވަނަ އަށް އޮތީ ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާޝިޔާ އަޒީމާގެ ނަމެވެ.އެ ލިސްޓުގައި ދެން ހިމެނެނީ:- އިބްރާހިމް އަފީފު- ގުލްބަހާރުގެ/ ބ. ތުޅާދޫ- ޝިފާޒް އަލީ- ދަފްތަރު ނަމްބަރު (12504)- ފާތިމަތު ނައުޝާން- ޅ. ނައިފަރު، ފިޔާތޮށިގެ- އަހުމަދު ޔާމީން- ބީޗްކޯނަރު، ގދ. ގައްދޫ- ޝައުފާ އިބްރާހިމް- އަކިރިވިލާ، ދ. މީދޫމިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މަގާމެއް ހުސްވުމާ އެކު، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން ލިބިވަޑައިގެންނެވި ނަންތައް ކަމަށް ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން މިއަދު ވަނީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.