ޚަބަރު
ޓެކްސް އެޕީލް ޓްރައިބިއުނަލަށް 14 ބޭފުޅެއްގެ ނަން
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ 14 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ މައުލޫމާތު ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

ރައީސް ފޮނުއްވި ނަންތައް:

* އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
* ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
* އާއިޝަތު އިޝާ، ހމ. ފްލެޓް ނަންބަރު 02-2-88
* އުސާމާ މޫސާ، ޗަމަން، ށ. ކޮމަންޑޫ
* ހަސަން ނާސިހް އަހުމަދު، މާވަހި، އައްޑޫ، ހިތަދޫ
* އިބްރާހީމް އަފީފު، ގުލްބަހާރުގެ، ބ. ތުޅާދޫ
* ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
* ޝަވްފާ އިބްރާހީމް، އަކިރިވިލާ، ދ. މީދޫ
* މުހައްމަދު ވަހީދު އަލީ، ދަފްތަރު ނަންބަރު ރސ 4095
* މުހައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
* އާމިނަތު ޝާދިޔާ، މ. ޕިސްތާގެ
* އިބްރާހީމް ޝަރީފް، ގ. އަލިޝާ
* މުހައްމަދު އަމީން ޒާހިރު، ނީލާ، އައްޑޫ، ހިތަދޫ
* މުހައްމަދު އަބާން އިބްރާހީމް، ގއ. އަންމޯލް

މި ނަންތައް ދިރާސާކޮށް މަޖިލީހަށް ފެންނަ ގޮތެއްގެ މަތީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ކަމަށް އައްޔަން ކުރާނެ ފަސް ބޭފުޅެއްގެ ނަން ފާސްކޮށް ދެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ނަންތައް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު