ޚަބަރު
ދަނގެއްޗަށް ރަށުގެ ބިމަށްވުރެ ބޮޑު ސަރަހައްދެއް ހިއްކަން ހަވާލުކޮށްފި
އދ. ދަނގެތީގައި، ރަށަށްވުރެ ބޮޑު ސަރަހައްދެއް ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުރަތަމަ ރަށަކަށް ދަނގެއްޗަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބެއްވި ބައްދަލުވުމުގައި، ބިން ހިއްމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބައި އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގޮސް ނިންމައިދެއްވާނެ ކަމަށެވެ.

ދަނގެތީ ކައުންސިލްގެ ސީނިއާ ކައުންސިލް އޮފިސަރު އައިމިނަތު ޝިފާނީ ވިދާޅުވީ ހާހަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 21 އަހަރު ކުރިން ކަމަށެވެ.

އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 66،500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއ،ި 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 385 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރެއްވީ 279.92 މިލިޔަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު