
އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ މީގެ ދެމަސްކުރިން، މިދިޔަ އޮގަސްޓު ހައެއްގައެވެ.އޭގެފަހުން މިއަދު އެ ކޯޕަރޭޝަނުން ވަނީ އެ އިއުލާނު ބާތިލުކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށް އަލުން ބުނެފައެވެ.ހައްޖު ކޯޕަރޭޝަނުން ބުނީ މި މަޝްރޫއުގެ ބީލަން އަލުން ހުޅުވާލައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު މި މަހުގެ 14 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރޭޝަނަށް 30،000ރ. ނުވަތަ 2،000 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 800،000ރ. ބަހައްޓަން ޖެހެ އެވެ.ބީލަން ހުޅުވަން މިހާރު ހަމަޖެހިފައި އޮތީ އަންނަ މަހުގެ 13 ގަ އެވެ.މި މަޝްރޫއަކީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އަދި މިކަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.ހޮޓެލް އިމާރާތެއްގެ އިތުރުން މާފުށީގައި ސާވިސް އިމާރާތެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ.