ޚަބަރު
އައްޑޫ ބްރިޖު މަސައްކަތަށް ފަންނީ ލަފާދޭން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
ހިތަދޫއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކުރުން ---
އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ބްރިޖު މަޝްރޫއަށް ލަފާދޭނެ ބަޔަކު ހޯދަން އިއުލާންކުރީ މިދިޔަ މާޗު މަހުގަ އެވެ. އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު ހަމަވީ މާޗު 24ގަ އެވެ.

މިއަދު ބޭއްވި ރަސްމިޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ 'ޓީވައި ލިން އިންޓަނޭޝަނަލް' ކުންފުންޏާ އެވެ. 

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.

އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ ސާވޭއާއީ ޑިޒައިން ހިލޭ ހަދައިދޭ ގޮތަށް، އެ މަސައްކަތް މިސްރުގެ 'ދި އަރަބް ކޮންޓްރެކްޓާޒް"އާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19ގައި ސަރުކާރުން ހަވާލުކުރިއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެ ކުންފުނިން ބުރިޖުގެ ސާވޭ ނިންމައި، ޕްރޮޕޯސަލަކާ ހަމައަށް އައިސް އަމަލީ މަސައްކަތް ފެށޭ ވަރަށް ފައިނޭންސް ހަމަޖައްސައިގެން މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށެވެ.

އެ ބުރިޖުގެ މަސައްކަތަށް އާ ކުންފުންޏެއް ހޯދަން ނިންމީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ ބުރިޖުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައި އޮތް މަސައްކަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު