ޚަބަރު
ހޯރަފުށި ދުވަހުގެ ޖަލްސާއަށް ދައުވަތު ދިނުމުން މެންބަރު އަލީގެ ޝުކުރު ހޯރަފުށީ ކައުންސިލަށް!
"ހޯރަފުށި ދުވަސް" ފާހަގަ ކުރުމަށް އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އަށް، ހޯރަފުށީ ކައުންސިލުން ދިން ދައުވަތަށް ދާއިރާގެ މެންބަރު އަލީ މޫސާ ޝުކުރު އަދާކުރައްވައިފި އެވެ.

މި ޖަލްސާ އަށް ހޯރަފުށީ ކައުންސިލުން އަންނަނީ ރަށް ވަރަށް ބޮޑަށް ތައްޔާރު ކުރަމުން ނެވެ. 

މި ޖަލްސާގައި އަކީ އެކި ދާއިރާ އިން ހޯރަފުއްޓަށް ހިދްމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖަލްސާ އެކެވެ. މި ދިޔަ އަހަރު އޮތް ޖަލްސާގައި 92 ފަރާތަކަށް ވަނީ އެ ވޯޑް ދީފަ އެވެ.

މި ޖަލްސާގައި މައިގަނޑު 5 ދާއިރާއަކުން އިނާމު ދެ އެވެ. އޭގެ ތެރޭގައި ޝަރަފުވެރިކަމުގެ އިނާމު، މަތީ ދަރަޖައިގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު، ހާއްސަ ހިދުމަތުގެ އިނާމު އަދި ލައިފް ޓައިމް އެޗީވްމެންޓް އިނާމު ހިމެނެ އެވެ.

މި އަހަރުގެ ޖަލްސާގެ ދައުވަތު ހޯރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަލީ މޫސާގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް އަށާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް ވެސް ވަނީ ފޮނުވާފަ އެވެ. "ހޯރަ" މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގެ ދައުވަތު ފޮނުވުމުން މި ބޭފުޅުންގެ ޝުކުރު ވަނީ ކައުންސިލް އަށް އަރިސްކޮށްފަ އެވެ. ނަމަވެސް މި ޖަލްސާގައި ބައިވެރި ވަނީ ދައުވަތު ދެއްވި ކޮން ބޭފުޅުން ނެތް ކަމެއް އަދި ނޭނގެ އެވެ.

މި ޖަލްސާގައި މި އަހަރު 77 ފަރާތަކުން "އެވޯޑް" ހާސިލް ކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
73%
18%
9%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު