ޚަބަރު
ޕީއެންއެފްގެ ރައީސަކީ ޔާމީން، ނައިބުންނަކީ ޖަމީލާއި ޒެއިން
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ނައިބު ރައީސް ކަމަށް މުހައްމަދު ޖަމީލް އަހުމަދާއި އަދި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވިއްޖެ އެވެ.

އެ ބޭފުޅުން މަގާމުތަކަށް އިންތިހާބުކުރޫ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޕާޓީގެ ގައުމީ ޖަލްސާގަ އެވެ.

ޕީއެންއެފްގެ ރައީސްގެ މަގާމަށް ޔާމީން އިންތިހާބުވެވަޑައިގަތް އިރު، އެ މަގާމަށް ކުރިމަތިލެއްވީ ވެސް އެ މަނިކުފާނު އެކަންޏެވެ.

އަދި ރައީސާއި ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވެސް ކުރިމަތިލެއްވީ އެ މަގާމުތަކަށް އިންތިހާބުކުރަން ޖެހޭ އަދަދަށް ކަމަށްވާތީ މަގާމުތަކަށް ވޯޓެއް ނުނަގަ އެވެ.

ހަޒާންދާރުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލި އިރު، އެ މަގާމަށް އިންތިހާބުވީ 219 ވޯޓާއެކު އަލީ ޝިޔާން ނާޝިދެވެ. ދެން ވާދަކުރި ނިހާދު މުހައްމަދު އަލީއަށް ލިބުނީ 117 ވޯޓެވެ.

ޕީއެންއެފްގެ ސެނެޓުގެ 14 މަގާމަށް 48 ކެންޑިޑޭޓަކު ވާދަކުރިއެވެ. އޭގެ ތެރެއިން ސެނެޓަށް ހޮވުނު މެންބަރުންނަކީ

ސެނެޓަށް ހޮވުނު 14 މެންބަރުން:

  1. އާދަމް އާސިފް - 296 ވޯޓުން
  2. އަހްމަދު ފަޔާޒު އަލީ - 294 ވޯޓުން
  3. އަބްދުﷲ ސަމަދު - 279 ވޯޓުން
  4. ޝަރީފާ ސައީދު - 276 ވޯޓުން
  5. ހަލީމަތު ޒުހައިރާ - 267 ވޯޓުން
  6. އަލީ ޝާހް - 262 ވޯޓުން
  7. ނާއިފް ޝައުކަތު - 258 ވޯޓުން
  8. ފާތިމަތު ރަހުމާ - 247 ވޯޓުން
  9. މުހައްމަދު އަބްދުއްލަތީފް - 247 ވޯޓުން
  10. އަދްލީ އިސްމާއިލް - 243 ވޯޓުން
  11. އަބްދުﷲ ސަހީލް ޖަލީލް - 242 ވޯޓުން
  12. މުހައްމަދު މައިޒަރު އާދަމް ޒާހިރު - 236 ވޯޓުން
  13. ޑރ. އަބްދުﷲ އިބްރާހިމް - 233 ވޯޓުން
  14. އައިޝަތު ހަފީޒް - 230 ވޯޓުން
ޕީއެންއެފްގެ އެތެރޭގެ އިންތިހާބަށް ޖުމްލަ 55 މީހުން ވާދަކުރި އެވެ. އެއީ ޕާޓީގެ ރައީސާއި ޕާޓީގެ ނައިބުރައީސުންގެ މަގާމާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އާއި ޕާޓީ ޓްރެޝަރާ އާއި ޕާޓީގެ ރަޖިސްޓްރާ އާއި ޕާޓީގެ ސެނެޓުގެ 14 ގޮނޑިއަށް ވާދަކުރި 48 މީހުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު